މާލެ ސަރަޙައްދުގައި އަޅާ ކެންސަރ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 41ސ
މާލެ ސަރަޙައްދުގައި އަޅާ ކެންސަރ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަނީ

މާލެ ސަރަޙައްދުގައި އަޅާ ކެންސަރ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

ސިއްޙީ ވުޒާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަޙައްދުގައި އަޅާ ކެންސަރ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށާއި މިކަމަށް ޝައުގުވެރިވާ މީހުންނަށް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވެފައިވަނީ މާލެ ސަރަޙައްދުގައި އަޅާ ކެންސަރ ހޮސްޕިޓަލްގައި ބަލިމީހާއާ ގުޅުންހުރި ހުރިހާ ފަރުވާއާއި ޚިދުމަތްތައް ޤާއިމުކުރައްވާނެކަމަށެވެ. އެގޮތުން ޑޮކްޓަރުންގެ ޚިދުމަތާއި، ކީމޯއާއި އެމީހުން ހަދަންޖެހޭ އެކި ކަހަލަ ޓެސްޓުހެދުމާއި ތެރަޕީތައް ނެގުމުގެ ޚިދުމަތް ޤާއިމުކުރައްވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިއަދު އޮންލައިން