ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ޑރ. މުޙައްމަދު އިބްރާހީމާއި، މުޙައްމަދު ސަލީމާއި، ޙުސައިން ފާއިޒް ރަޝާދު އައްޔަންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ޑރ. މުޙައްމަދު އިބްރާހީމާއި، މުޙައްމަދު ސަލީމާއި، ޙުސައިން ފާއިޒް ރަޝާދު އައްޔަންކޮށްފި

މިއަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް، ފަނޑިޔާރުން އައްޔަންކޮށްފިއެވެ.

އިސްތިއުނާފް މަޖިލީހަށް އައްޔަންކޮށްފައިވާ 3 ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިންގާ މި މަޖިލީހަކީ ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން އެހެން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އެކުލަވާލާފައިވާ މަޖިލީހެކެވެ. 

ކޮންމެ އަހަރަކުވެސް، ފަނޑިޔާރުންގެ އިސްތިނާފު މަޖިލީހަށް 3 ފަނޑިޔާރަކު އައްޔަންކުރާނެއެވެ. އެގޮތުން، ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރަކާއި، ހައި ކޯޓުން އައްޔަންކުރާ ފަނޑިޔާރަކާއި، ސުޕީރިއަލް ކޯޓުތަކުން އައްޔަންކުރާ ފަނޑިޔާރަކު، މި މަޖިލީހުގައި ތިއްބަވައެވެ.

މިއަދު އޮންލައިން