ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން 10 ދާއިރާއަކަށް ވާދަކުރުމަށް ފޯމު ހުށަހަޅައިފިއެވެ.
ޖޭޕީއިން ހާމަކުރި ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އދ.މާމިގިލީ ދާއިރާގެ ގޮނޑިއަށް އެޕާޓީގެ ލީޑަރު އަދި މިހާރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވާދަކުރައްވާއިރު ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރައްވާނެއެވެ. މީގެ އިރު، އިތުރު 8 ދާއިރާއަކަށްވެސް ކުރިމަތިލާން ވަނީ ނިންމައިފައެވެ.
މީގެއިތުރުން ޖޭޕީން ވާދަކުރާ ދާއިރާތަކަކީ:
- ކެންދޫ ދާއިރާ - މިހާރު ވެސް އެ ދާއިރާގެ މެންބަރު އަލީ ހުސައިން
- ހެންވޭރު ހުޅަނގު ދާއިރާ - ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް
- އުންގޫފާރު ދާއިރާ - ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
- ދުވާފަރު ދާއިރާ - ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
- ތިނަދޫ އުތުރު ދާއިރާ - ކުރީގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު
- ނޮޅިވަރަމް ދާއިރާ - ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީ
- ދާންދޫ ދާއިރާ - ނިސާމާ މުހައްމަދު
- އޭދަފުށީ ދާއިރާ - މުހައްމަދު ނާސިރު
މި ބޭފުޅުންގެ ކެންޑިޑެސީ ފޯމް މިހާރު ވަނީ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފައެވެ.