ދަނޑުވެރިކަމައަށް އަލަށް ވަންނަ މީހުންނަށްވެސް، ލޯނު ހޯދުމުގައިވެސް މިނިސްޓްރީގެ އެހީ ލިބޭނެ ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޑރ. ރަމީލާ މިހެން ވިދާޅުވީ ހަނިމާދޫގައި ވަރޓިކަލް ފަރމިން ޕައިލެޓް ޕްރޮޖެކްޓް އިފްތިޙުކުރުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށުގެ ދަނޑުވެރިންނާއި ބައްދަލުކޮށް ދެއްކެވިވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ވަނީ ދަނޑުވެރިންނަށް ދަތިވާކަންކަން އޮޅުއްފިލުއްވާ، ރަށްރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ފުޅާކުރުމާއި ދަނޑުވެރިކަމުގެ އައު ގޮތްތައް ރަށްރަށަށް ތަޢާރަފުކުރުމާއި، ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކާއި ގުޅޭތުން މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.
ވަޒީރު ވަނީ ދަނޑުވެރިކަމުގެ ވިޔަފާރިއަށް އަލަށް ވަންނަން ބޭނުން މީހުންވެސް، ސަރުކާރުން ފަހިކޮށްދޭ ލޯނު ހޯދުމުގައިވެސް ވުޒާރާގެ އެހީ ލިބޭނެކަމަށް ވިދާޅުވެފައެވެ. "ވަރަށް ގިނަ ކަންކަން ފާހަގަކުރި. ތަކެތި ހޯދުން، މާލީ ގޮންޖެހުން. އެކަންކަން މިހާރަށްވުރެ ލުއިކޮށްދޭނަން." ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވިއެވެ.
ހަނިމާދޫއަކީ އެގްރިކަލްޗަރަލް ސެންޓަރެއް ހުރި ރަށަކަށްވުމާއެކު، ދަނޑުވެރިންނަށް ބޭނުންވާ އެހީ ފޯރުކޮދިނުމަށް ފަސޭހަވާކަމަށާއި އެގޮތުން ހިންގާ ތަމްރީމް ޕްރޮގްރާމްތަކާއި، މަޢުލޫމާތު ދިނުމަށް ހިންގާ ސެޝަންތަކުގައި ބައިވެރިވެ މިހާރަށްވުރެ ފުޅާކޮށް މަސައްކަތުގައި ޝާމިލުވުމަށް ވަޒީރު އެދިލެއްވިއެވެ.