ނަމާދަށް ފަރުވާތެރިވެލެއްވުމުގަ ނަމޫނާ ދެއްކެވި ސަޢީދުބެ ދުނިޔެއާ ވަކިވުން- އެކުވެރިންގެ ލޯތައް ކަރުނައިން ފުރިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ނަމާދަށް ފަރުވާތެރިވެލެއްވުމުގަ ނަމޫނާ ދެއްކެވި ސަޢީދުބެ ދުނިޔެއާ ވަކިވުން- އެކުވެރިންގެ ލޯތައް ކަރުނައިން ފުރިފަ!

އެކުވެރި ސަޢީދުބެ (ހ. ރީތިގަސްދޮށުގޭ ސަޢީދުބެ) ދެމިއޮތުމުގެ ޢޭލަމަށް ދަތުރުކުރެއްވި ޚަބަރު އަޑުއިވުމުން ވަރަށް ގިނަ އަސަރުތަކެއް ކުރިއެވެ. 

ސަޢީދުބެއަކީ ބަލިޙާލުގައި އުޅުއްވަން ޖެހިވަޑައިގަތުމުން ގެއާއި އިންވެގެން ހުރި މިސްކިތަށް ވަޑައިގަތުމަށް އަސައެއްގެ އެހީގައިވެސް ވަރަށް ގިނަ ވަޤުތުތަކެއް ހޭދަކުރައްވައި ބޮޑެތި ތަކްލީފްތަކެއް އުފުއްލަވައިގެންވެސް ޖަމާޢަތުގެ ނަމާދުތަކަށް ޤަވާއިދުން ވަޑައިގެންނެވި ބޭކަލެކެވެ. މިސްކިތުގެ ކަންކަމަށް ހޭދަކުރައްވައި އުޅުއްވެވި ބޭކަލެކެވެ. 

އެނދުން ތެދުވެ ނުލެއްވެވޭ ޙާލުކޮޅުގައިވެސް ހަމަހޭ ހުރިނަމަ ބަރާބަރަށް ނަމާދުކުރެއްވި ބޭކަލެކެވެ. ނަމާދުވަޤޢުތު ޖެހުމުން އިޝާރާތުން އަންގަވައިގެންވެސް ވުޟޫކުރައްވައިގެން ނަމާދުކުރެއްވެވި ބޭކަލެކެވެ. 

ކެންސަރުގެ ގަދަވޭނުގައި އެތައް އަހަރެއް ހޭދަކުރެއްވެވިއިރުވެސް ހިނިތުންވެލައްވައިގެން ބަލިޙާލުގައި އޮންނެވި ބޭކަލެކެވެ. ސަޢީދުބެގެ އެކުވެރިން ސަޢީދުބެ ފާހަގަކުރަނީ ވަރަށް އެކުވެރި ހިތްހެޔޮ އެކުވެރިއެއްގެ ގޮތުގައެވެ! 

މާތް ﷲ ސަޢީދުބެގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވަވާށީ! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން

 

މިއަދު އޮންލައިން