މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް

ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން އިތުރަށް ބުނީ  ޖެޓީގެ ކޮލަމް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށާއި މިހާރު ކުރިއަށްދަނީ ޖެޓީގެ ބާބެންޑިންގ އަދި ކޮންކްރީޓް މަސައްކަތް ކަމަށެވެ.

އަދި ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

މި މަޝްރޫއުގެ ދަށުން، 13,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ބަނދަރު ފުންކުރުމާއި، 17,450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 183 މީޓަރުގެ ބޭރުތޮށި ލުން ހިމެނެއެވެ.

މީގެއިތުރުން 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ދިގު 244 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 244 މީޓަރުގެ ޖެޓީއެއް ހެދުމާއި، 105 މީޓަރު ދިގު 5 މީޓަރު ފުޅާ ސައުތް ސައިޑް ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 10 މީޓަރު ދިގު 10 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ އިތުރުން ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫއަކީ 36.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

 

މިއަދު އޮންލައިން