ޗައިނާގެ ޝިއަންމެން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއަންމެން ސިޓީއިން 230 ފަތުރުވެރިންނާއެކު ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ފުރަތަމަ ފުލައިޓަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން، އެމްއޭސީއެލްގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.
ޝިއަންމެން އެއަރއިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ޗާޓަރު ދަތުރުތަކެކެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރު ފާތުމަތު ތަޢުފީޤު ވިދާޅުވީ ޗައިނާގެ އެކި ޕްރޮވިންސްތަކާއެކު މަސައްކަތްތައް ކުރުމަށް ރާވާފައިވާ ކަމަށެވެ.