ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން ދައްކާލާ، "ރިވެލި" ފެސްޓިވަލް މިއަދު ފަށާނެއެވެ.
މި ކާނިވާ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިން ފާހަގަކޮށް، މި ހުނަރުވެރިކަމާއި، މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުޞަތުތައް އިތުރަށް ފުޅާކޮށްދިނުމެވެ. އަދި މިފަދަ އިޖުތިމާޢީ ހަރަކާތެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ކާނިވަލް ކުރިއަށްދާނީ މިއަދާއި މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ފެބްރުއަރީ މަހުގެ 15 އަދި 16 ގައި ދެ ދަންފަޅިއަކަށް ބަހާލައިގެން މި ދެ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑުގެ 20:00-22:00 އަށް ކާނިވަލްގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.