ޤުރުއާނާބެހޭ މަރުކަޒުން ހުޅުމާލޭގައި ގޮތްޕެއް ހިންގުމަށް އެޗްޑީސީ އިން ކޮމަރޝަލް ޔުނިޓެއް ޙަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ޤުރުއާނާބެހޭ މަރުކަޒުން ހުޅުމާލޭގައި ގޮތްޕެއް ހިންގުމަށް އެޗްޑީސީ އިން ކޮމަރޝަލް ޔުނިޓެއް ޙަވާލުކޮށްފި

ޤުރުއާނާބެހޭ މަރުކަޒުން ހުޅުމާލޭގައި ގޮތްޕެއް ހިންގުމަށް ބޭނުންވާތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗް.ޑީ.ސީ) އިން ކޮމަރޝަލް ޔުނިޓެއް އެ މަރުކަޒާ ޙަވާލުކޮށްފިއެވެ.

އެޗް.ޑީ.ސީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދާއި ސީ.އެފް.އޯ އަޙްމަދު ޝާމެވެ. އަދި ޤުރުއާނާބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިމާމް އަބްދުލް ޖަލީލް އިސްމާއިލް އަދި އިމާމް އަބްދުﷲ ރަޝީދެވެ.

ޤުރުއާނާބެހޭ މަރުކަޒުން ހުޅުމާލޭގައި ގޮފި ހިންގުމަށް ދޫކުރި ކޮމަރޝަލް ޔުނިޓް އެ މަރުކަޒާ ޙަވާލުކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ.

މި މަރުކަޒު ހުޅުވުމާއެކު އެ މަރުކަޒުގެ ޚިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.

މިއަދު އޮންލައިން