ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން ދައްކާލާ "ރިވެލި ކާނިވަލް" ފަށައިފިއެވެ.
މިއަދާއި މާދަމާ، ދެ ދަންފަޅިއަކަށް ބަހާލައިގެން. މި ދެ ދުވަހުގެ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑުގެ 8:00-10:00 އަށް ހަރަކާތްތައް ކުރިއަށްގެންދާ މި ކާނިވާ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިން ފާހަގަކޮށް، މި ހުނަރުވެރިކަމާއި، މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުޞަތުތައް އިތުރަށް ފުޅާކޮށްދިނުން ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާޠިފް ވިދާޅުވީ މި ކާނިވަލުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖު ހަރަކާތްތަކާއި، މަސައްކަތްތެރިކަން ދައްކާލުމުގެ މަޢުރަޒާއި، އެކި ކުޅިވަރުތަކާއި، މަޢުލޫމާތު ޑެސްކްތަކުގެ ޒަރީޢާއިން ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ޚިދުމަތް ލިބޭ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެއްވާނެކަމަށެވެ.
60 އަށްވުރެ ގިނަ ސްޓޯލް ހިމެނޭ މި ކާނިވަލްގައި އެކި ސްކޫލްތަކުންނާއި ކުންފުނިތަކުންވެސް ބައިވެރިވޭ. ކުދިންގެ ހުނަރުތައް ދައްކަލުމުގެ ފުރުޞަތު ލިބެއެވެ. އަދި މި ކާނިވަލް މާދަމާރޭ ނިންމާލާއިރު ލަކީ ޑްރޯއެއްވެސް ނަގާނެ ކަމަށް މައުލޫމާތުލިބިފައިވެއެވެ.