ރ. ދުވާފަރަށް ކުރިމަތިވެގެން އުޅޭ ކަރްނަޓުގެ މައްސަލަ ޙައްލުކުރަން އެރަށަށް ކަރަންޓުގެ ޚިދުމަތްދޭ އެމްޑަބްލިޔޫއެސްސީގެ ޓީމަށް އެހީތެރިވުމަށް ސްޓެލްކޯގެ ތަޖުރިބާކާރު އިންޖިނޭރުންގެ ޓީމެއް ފޮނުވައިފިއެވެ.
މިއަދުނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްޓެލްކޯގެ އިންޖިނޭރުން ދަތުރުކުރި ފްލައިޓް ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އިފުރު އެއާޕޯޓަށް ޖައްސައިފައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދުވާފަރަށްދާނެއެވެ.
މަޢުލޫމާތު ލިބޭގޮތުން ކަރަންޓްދޭ ކޭބަލަކަށް މައްސަލައެއް ދިމާވެ އެރަށުގެ ބޮޑު ސަރަޙައްދަކުން ކަރްންޓުކެނޑިފައިވަނީ މިއަދު ހެނދުނުއެވެ.

ދުވާފަރުގައި ފެނާއި ކަރްންޓުގެ ޚިދުމަތް ދެމުން އަންނަނީ އެމްޑަބްލިޔޫއެސްސީއިންނެވެ.