މައްސަލަޖެހިފައި ހުރި 3 އައިސްޕްލާންޓެއް އަލުން އޮޕަރޭޝަނަށް ގެނެސްފިކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލްކަން ހުރި ޅ. ފެލިވަރު، ގއ. ގެމަނަފުށި އަދި ގއ. ކޮލަމާފުށީ އައިސްޕްލާންޓު ތައް އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި މީގެއިތުރުން ގއ. ދެއްވަދޫ އައިސްޕްލާންޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި މިހާރު އެރަށުގައި މިފްކޯގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ހއ. ދިއްދޫ، އއ. ރަސްދޫ، ލ. މާމެންދޫ، ދ. މީދޫ، ގދ. ރަތަފަންދޫ، ޅ. ނައިފަރު، މ. ވޭވައް، ގދ. ފިޔޯރީ އަދި ލ. މާވަށް ހިމެނޭހެން ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.