މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަ މިސަރުކާރުން ކުރަނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަ މިސަރުކާރުން ކުރަނީ-

އައްޑޫ ސިޓީގެ 68 މިސްކިތެއްގެ މަރާމާތަށް މިއަހަރު، މިސްކިތް ފަންޑުން 1.5 މިލިއަން ރުފިޔާ ކައުންސިލް މެދުވެރިކޮށް ޚަރަދު ކުރާނެކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާލުވެއްޖެއެވެ.  

"މިއީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަކަމަށާއި އަދި އައްޑޫ ސިޓީ އިސްލާމިކް ސެންޓަރުގެ މަސައްކަތް ސްޕީޑް އަވަސްކޮށް، މޭ 2025 އަށް އިންޝާ ﷲ ނިންމޭނެ ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީއަކީ ޚައްޞަކޮށް ހުޅުމީދޫއަކީ ރާއްޖޭގެ ތާރީޚަށް ބެލިނަމަވެސް އިސްލާމީ ގިނަ ޢަދަދެއްގެ ޢިލްމުވރިން ނިޞްބަތްވެވަޑައިގަންނަވާ ރަށެވެ. ކީރިތި ޤުރްއާނުގެ ތަފްސީރު ޢިލްމުން ފުރަތަމަ ޕީއެޗްޑީ ޙާޞީލުކުރެއްވި ދިވެހި ދަރިވަރު އަދި ރާއްޖޭގެ ފުރަތަމަ އިސްލާމީ ވަޒީރު ޑރ. ޢަބްދުލަމްޖީދު ޢަބްދުލްބާރީއަކީވެސް އެރަށަށް ނިޞްބަތްވެވަޑައިގަންނަވާ ޢިލްމުވެރިއެކެވެ.

 

މިއަދު އޮންލައިން