ރައީސް ޑރ.މުޢިއްޒު އަށް ދެ ދައުރު ދޭން ރައްޔިތުން ފަސްޖެހެންވީ ސަބަބެއްނެތް!: ވަޒީރު އާދަމް ޝަރީފު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރައީސް ޑރ.މުޢިއްޒު އަށް ދެ ދައުރު ދޭން ރައްޔިތުން ފަސްޖެހެންވީ ސަބަބެއްނެތް!: ވަޒީރު އާދަމް ޝަރީފު

ދިވެހިރާއްޖޭއަށް ޒަމާނާ އެކަށޭނެ ރަނގަޅު ބަދަލުތައް ގެންނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެކަށީގެންވާ މުއްދަތުވެސް ދޭން ޖެހޭނެ ކަމަށާއި ރިޔާސީ ދެ ދައުރު ދޭން ރައްޔިތުން ފަސްޖެހެންވީ ސަބަބެއްނެތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ފޭދޫގައި ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގައި ހިމެނޭ މަޝްރޫއުތަކަކީ ރާއްޖެއަށް މިހާރު ލިބޭ އާމްދަނީއާ އަޅާބަލާއިރު ވަރަށް ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. އަދި އެފަދަ މަޝްރޫއުތައް އެއްފަހަރާ ނުފެށޭނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށާއި މިހާރު ފައްޓަވާފައިވާ މަޝްރޫއުތައްވެސް އެއް ދައުރެއްގެ ތެރޭގައި ނުނިމޭނެކަން ރައްޔިތުން ގަބޫލުކުރަން ޖޭހެނެކަމަށްބެސް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ގާބިލު ވެރިޔަަކަށް ރިޔާސީ ދެ ދައުރު ދޭންވެސް ރައްޔިތުން ފަސްޖެހެން ނުޖެހޭކަމަށާއި، ރައީސް މުޢިއްޒުއަކީ އެފަދަ ވެރިއެއްކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ގަބޫލުކުރަން ޖެހޭ މި ރާއްޖޭގައި މިއޮތް ނިޒާމަށް ބަލާއިރު ތިން ހަތަރު އަހަރަކުން ވެރިއަކު ބަދަލުވުމުން ބޭނުންވާ ކުރިއެރުމެއް ގެނެވޭތަނެއް ނުފެނޭ. ނާގާބިލު މީހަކު ވެރިކަމުގައި ހުރިކަމަށްވެއްޖެއްޔާ ތިން އަހަރުވެސް މަދު، ވެރިކަން ބަދަލު ކުރަންވީ. އެހެންނަމަވެސް ގާބިލު ބޭފުޅަކު ހުންނަވައިފި ކަމަށްވެއްޖެއްޔާ 10 އަހަރު ދޭން ވެސް ޖެހިލުންވާންވީ ފުރުސަތެއް ނެތް،" އާދަމް ޝަރީފު ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން