ރަމަޟާންމަހު ބާއްވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރ އެމް.އެސް.ޕީއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ރަމަޟާންމަހު ބާއްވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރ އެމް.އެސް.ޕީއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި!

1445 ވަނަ އަހަރުގެ ރަމަޟާންމަހު ބާއްވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރ މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްއާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދެމެދު ވެވޭ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ. 

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްއެވެ. 

އިޙްޔާ ފޯރަމްއަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައިވެސް ބާއްވަމުން އަންނަ ފޯރަމެއް ނަމަވެސް މިފަހަރު މޮފޯރަމްގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށް އިސްލާމީ ވުޒާރާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

މިއެއްބަސްވުމުގެދަށުން މިއަހަރު ވަނީ ޖުމްލަ 155،000 ރުފިޔާގެ އިނާމް އެމްއެސްޕީގެ ފަރާތުން ސްޕޮންސަރ ކުރުމަށް ނިންމައިފައެވެ.

 

މިއަދު އޮންލައިން