އައްޑޫ ސިޓީ އިސްލާމީ މަރުކަޒުގެ މަސައްކަތް މެއި މަހަށް ނިމޭނެ: އިސްލާމިކް މިނިސްޓްރީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
އައްޑޫ ސިޓީ އިސްލާމީ މަރުކަޒުގެ މަސައްކަތް މެއި މަހަށް ނިމޭނެ: އިސްލާމިކް މިނިސްޓްރީ

އައްޑޫ ސިޓީގައި އަޅަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ މެއި މަހަށް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސ. ހިތަދޫގައި އަޅަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ %5 މިހާރު ނިމިފައިވާ ކަމަށާއި އަންނަ މެއި މަހު 4 އަށް މަރުކަޒުގެ މަސައްކަތް ނިމޭނެ ކަމަށް އެ މިނިސްޓްރީންވިދާޅުވެފައިވެއެވެ.

މި މަރުކަޒުގެ ބިންގާ އެޅިގެން ދިޔައީ މިދިޔަ އަހަރު ޖުލައި 26 ވަނަ ދުވަހުގައެވެ. ބިންގާ އަޅުއްވައި ދެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭރުގެއިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އިތުރުން އައްޑޫ މޭޔަރު އަލީ ނިޒާރެވެ.

މި އިސްލާމީ މަރުކަޒު ބިނާކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިތަދޫ ބްރާންޗް ކައިރީގައި ކުރިން ހިންގި އައްޑޫ ޕޮލިސް ޓްރެއިނިން ސްކޫލް ހުރިބިމުގަ އެވެ. އިސްލާމީ މަރުކަޒުގެ ކޮންޓްރެކްޓަރަކީ ފެޑޯ ޕްރައިވެޓް ލިމިޓެޑެވެ.

މި މަޝްރޫއުުގެ އަގަކީ 1.3 މިލިއަން ރުފިޔާ އެވެ.

ފެޑޯ ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫއު ހަވާލުކުރީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިއަދު އޮންލައިން