ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތްފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތްފަށައިފި

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތްފަށައިފިއެވެ.

ފުވައްމުލައް ސިޓީޣެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދުއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ، ފުވައްމުލަކުގެ ތާރު ނޭޅި ހުރި ކުދި މަގުތަކުގައި ތާރު އަޅާނެއެވެ. މިގޮތުން އެ މަސައްކަތުގެ ތެރެއިން 50 މަގެެއްްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު އެއީ 12.7 ކިލޯ މީޓަރު ސަރަހައްދެކެވެ.

255.2 މިލިއަން ރުފިޔާއަށް ހަރަދުކުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކޮށްގެން ދެ އަހަރުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މިއަދު އޮންލައިން