ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އޭޕްރަންގެ މަސައްކަތް ނިމި، ބޭނުންކުރަން ފަށައިފިއެވެ.
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ދައުލަތުގެ މީޑިއާ އަށް ވިދާޅުވީ މި މަސައްކަތަކީ މިސަރުކާރުން ގާތް ގަނޑަކަށް 8 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށާއި މިއީ ހަނިމާދޫ އެއަރޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ މަޝްރޫއުގައި ނުހިމެނޭ ބައެއްކަމަށެވެ.
ކުރިން ބޭނުންކުރި ރަންވޭ ބަންދުކޮށް އައު އޭޕްރަން ބޭނުންކުރަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މި އޭޕްރަންގައި އެއްފަހަރާ 7-6 ވަރަށް ޖެޓު ޕާކު ކުރެވޭނެއެވެ.
މުބީން ވިދާޅުވީ މިއޭޕްރަންއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން ކުންފުނީގެ އާމްދަނީ އިތުރުކޮށް ތަރައްގީކުރުމަށް ކުރެއްވި މަސައްކަތެއްކަމަށެވެ.