ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އައިޑީކާޑް ދޫކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ހާމަކުރައްވައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ބުުނެފައިވަނީ މިގޮތަށް ކާޑު ދޫކުރަން ނިންމެވީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކޮށް ކާޑު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
ކާޑާ ހަވާލުވި ފަރާތުން ވެރިފަރާތަށް ކާޑު ނުލިބިގެން އެޑިޕާޓްމަންޓަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެމައްސަލަ ތަޙްޤީގުކުރުމަށް ޕޮލިސްއަށް ހުށަހަޅުއްވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވަނީ ހާމަކޮށްފައެވެ.