އިސްލާމީ މުޖުތަމަޢުގަ އިމާމުންގެ ދަރަޖައަކީ އެންމެ ދަރަޖަ! ރަސޫލާ ޞޢޥ އާ ޚުލަފާއުއްރާޝިދުންނަކީވެސް އިމާމުން!: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
އިސްލާމީ މުޖުތަމަޢުގަ އިމާމުންގެ ދަރަޖައަކީ އެންމެ ދަރަޖަ! ރަސޫލާ ޞޢޥ އާ ޚުލަފާއުއްރާޝިދުންނަކީވެސް އިމާމުން!: ޝައިޚް މުޙައްމަދު ލަޠީފް

އިމާމުންގެ މުހިންމުކަން އަޅުގަނޑުމެންނަށް ދޭހަވޭ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުޅި ހަޔާތްޕުޅުގައި އިތުރު އެކަލޭގެފާނު އިމާމުވެ ނަމާދުކޮށްދެއްވުމުން. އަދި ހަމަ އެއާއިއެކު، އެކަލޭގެފާނުގެ ޚުލަފާއުއްރާޝިދުން އެބޭފުޅުންގެ ހަޔާތްޕުޅުގައިވެސް މީސްތަކުންނައިގެން އިމާމުވެ ނަމާދުކޮށްދެއްވި ދެއްވުން.

އެހެންވީމަ އެއީ މިކަމުގެ މުހިންމުކަމަށް އަޅުގަނޑުމެން ހިތުން އަޅުގަނޑުމެންގެ ކޮންމެ ބޭފުޅަކުމެ ޤަބޫލުކުރައްވާނެ ކަމެއް. އެއީ ކީއްވެ ނުވާންވީ. އެއީ އިސްލާމްދީނުގެ އެންމެ މަތިވެރި ރުކުން. ޝަހާދަތުގެ ދެކަލިމައަށްފަހުގަ ނަމާދު. ނަމާދުގައި އިމަމަކަށްވެ ހުންނަ މިހާ އެއީ ވަރަށް މުހިންމު ދައުރެއް އަދާކުރާ މީހެއް. އެއީ ކުޑަކަމެއް ނޫން. ވަރަށް މުހިންމު ކަމެއް.

ދެންމެ މިތާނގައި އަޅުގަނޑުމެންގެ ވަޒީރުވެސް އިޝާރާތް ކުރައްވައިފި މިސްކިތުގެ މާހައުލު މުޖުތަމަޢަށް އެތާނގައި ހުންނަން ޖެހޭ ގޮތާއި، އަޚްލާޤާއި އެމީހުންގެ ސުލޫކާއި، އެމީހުންނާއި މުޖުތަމަޢު، މި މިސްކިތުގެ މުޖުތަމަޢު ހުންނަންޖެހޭ ގުޅުން. މިކަންކަމުގެ ވާހަކަ ކޮންމެވެސް ވަރަކަށް އިޝާރަތެއް ކުރެއްވި. 

ހަޤީޤަތުގައި ވަރަށްވެސް މުހިންމު ކަމެއް އިނގޭތޯ އެއީ. އެއީ ނަމާދުގައި އިމާމަކަށް ހުންނަ މިހާ އެ އަދާކުރައްވަނީ ވަރަށް މުހިންމު ކަމެއް. ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައި ވަނީ އެކަނިހުރެ ނަމާދުކުރާ މީހާގެ ސަވާބަށްވުރެ ޖަމާޢަތުގައި ނަމާދުކުރާ މީހާގެ ސަވާބު ފަންސަވީސް ގުނައަށް ނުވަތަ ހަތާވީސް ގުނައަށް އިތުރުވެގެންދާ ކަމަށް. އެއީ ޖަމާޢަތުގެ މުހިންމުކަމެއް ނޫންތޯ. ޖަމާޢަތެއް މިހެދެނީ އިމާމަކު ލައިގެން. 

ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ބޭކަލަކު ވަޑައިގެން މި ދަންނަވަނީ އޭ ﷲ ގެ ރަސޫލާއޭ. مُرْنِي بِعَمَلٍ عَمَلٌ  " އޭ ﷲ ގެ ރަސޫލާއޭ. ތިމަންނައަށް ކަލޭގެފާނު ވިދާޅުވެދެއްވާށޭ ތިމަން ކުރާނެ ކަމަކާމެދު.  ނުވަތަ އިރުޝާދު ދެއްވާށޭ. ތިމަން ކުރާނީ ކޮންކަމެއްހެއްޔޭ؟ ދެން އެކަލޭގެފާނު ޙަދީޘްކުރައްވަނީ قَل:كُن إمَامَ قَومِكَ " ތިބާގެ ޖަމާޢަތުގަ އިމާމަކަށް ވާށެވެ. " ތިބާގެ ޖަމާޢަތުގެ އިމާމަކަށް ވާށެވެ. " 

އެހެންވީމަ މުހިންމުކަމެއް ނޫންތޯ؟ ދެން އެބޭކަލަކު ދަންނަވަނީ އޭ ﷲ ގެ ރަސޫލާއޭ فإن لم أقدر ތިމަންނައަށް އެކަން ނުވެއްޖެއްޔާ ދެން ކޮންކަމެއްތޯއޭ؟ ދެން ޙަދީޘް ކުރައްވަނީ    فكن مؤذنهم " އެމީހުންގެ މުދިމަކަށް ވާށެވެ. ބަންގިދޭ މީހަކަށް ވާށޭ" އޭގެ މަނައަކީ އަދި ބަންގިދޭ މީހައާ އިމާމު މީހާގެ އެބަހުރި ކޮންމެސް ވަރެއްގެ ތަފާތެއް. ބަންގިދޭ މީހާގެ އޭގެ މާނައަކީ އިމަމު މީހާގެ ދަރަޖައަށްފަހު ބަންގިދޭ މީހަގެ ދަރަޖައޭ. 

ދެން އެއީ ޚިލާފު މައްސަލައެއް ޢިލްމުވެރިންގެ ތެރޭގައި.  ބަންގިދޭމީހާތޯ މޮޅި ނުވަތަ އިމާމު މީހާތޯ މޮޅީ. މީ ޚިލާފު އޮތް މައްސަލައެއް. އެހެންނަމަވެސް އަޅުގަނޑުމެން ބުރަވަނީ އިމާމު  މީހާގެ ދައުރު އެތާ ވަރަށް މުހިންމުކަމަށް. އެހެންވީމާ ވަރަށް މުހިންމުކަމެއް އިނގޭތޯ މީ. އެހެންވީމާ އެވަރުގެ މަސްޢޫލިޔަތަކާ ހަވާލުވެގެން މިތިބީ. އަޅުގަނޑުމެންގެ މިނިސްޓްރީން މިވަރުގެ މަސްޢޫލިއްޔަތަކާ ހަވާލުވެތިބި ބަޔަކަށް އިތުރަށް އެމީހުންނަށް އެމީހުން އެކުރާ ކަންތަކުގެ ކަންތައްތައް ފަހިކޮށްދިނުމުގެ ގޮތުން މިފަދަ ޕްރޮގްރާމްތައް ރާވައި އިންތިޒާމްކޮށް އެކަން ފަހިކޮށްދިނުމަކީ ހަޤީޤަތުގައި އަޅުގަނޑުމެން އެންމެންވެސް އެކަމަށް ޝުކުރުވެރިވާންޖެހޭ ކަމެއް . އެކަމަށްޓަކައި އަޅުގަނޑު އެ ވުޒާރާގެ ވަޒީރު ޑރ. ޝަހީމަށް އަދި ދެން ތިއްބެވި ބޭބޭފުޅުންނަށްވެސް އަޅުގަނޑު ނިހަޔަތަށް ޝުކުރުވެރިވަން. 

 

- އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފްގެ ވާހަކަފުޅުން

 

މިއަދު އޮންލައިން