102 ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭ ކަމަށާއި އަންނަ އަހަރުގެ ނިޔަލަށް އެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކޮށް ނިމެނެ ކަމަށް ޢިމާރާތްކުރުމާއި ބިނާރާއިބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތިނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޢިމާރާތްކުރުމާއި ބިނާރާއިބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، "އަޅުގަނޑުމެން މިކުރާ ދަތުރުގައި އެންމެ ބޮޑަށް ލިބޭ ޝަކުވާއަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭ މައްސަލަ. 102 ރަށެއް އެބައޮތް ޚިދުމަތް ނުލިބޭ. އެހެންނަމަވެސް ހުރިހާ ރަށެއްގައިވެސް މަސައްކަތް އޮތީ ފެށިފައި. އެހެންނަމަވެސް މިދައުރުގެ ތެރޭގައި މިއަހަރު ނުވަތަ އަންނަ އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާ ޚިދުމަތް ދެވޭނެ." ކަމަެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ މަގުފަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށް ވަޒީރު ވިދާލުވިއެވެ.