"ފަށާ މަދަދު" ލޯނާއި "ފަށާ މަދަދު – ލީސިންގ" ސްކީމް ތަޢާރަފުކޮށްފިއެވެ.
އަންހެނުންގެ ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ތަޢާރަފުކޮށްފައިވާ މި ސްކީމް އިފްތިތާހުކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.
"މި ލޯން ސްކީމުގެ %25 ޚާއްޞަ ކުރެވިފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ އަންހެން ބޭފުޅުންނަށް، އެ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ފުރުސަތު ލިބިގެންދާނެ، އަދި މާލީ ޙާލަތު ކަށަވަރުނުވުމުން ލޯނު ނުލިބޭ ފަރާތްތަކަށްވެސް އެ ލޯން ސްކީމުގެ ތެރެއިން ފުރުސަތު ފަހިވެގެންދާނެ،" ފިފްޝީމް ވިދާޅުވިއެވެ.
"ފަށާ މަދަދު" ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ޚިދުމަތް ލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށެވެ. އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި ފަސް 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމަކީ ހަފްތާ 14ގެ ވަޢުދު ފުއްދުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.