ދުވާފަރު ދަނާލުގެ މަޝްރޫޢު އިފްތިތާޙު ކޮށް ބޭނުންވާ ބިން ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދުވާފަރު ދަނާލުގެ މަޝްރޫޢު އިފްތިތާޙު ކޮށް ބޭނުންވާ ބިން ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވަވައިފި

ރ.ދުވާފަރުގައި ދަނާލު އެޅުމުގެ މަޝްރޫޢު އިފްތިތާޙު ކޮށް އެކަމަށް ބޭނުންވާ ބިން ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވަވައިފިއެވެ.

މި ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި އެ މިނިސްޓްރީގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަނާލު މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް، އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާގެ މީހުންނާއެކު އަގުހެޔޮކޮށް ތިބެވޭނެ ފުރުސަތު ފަހިކޮށްދެވޭނެއެވެ. މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީތަޢުލީމު ހާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަ ކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ. އަދި، އަގު ހެޔޮ، ފެންވަރު ރަނގަޅު އެކޮމަޑޭޝަންގެ ފުރުސަތު އެރަށްރަށުން ލިބިގެންދާނެއެވެ.

ހަފްތާ14 މަގުޗާޓުގައި ހިމެނިފައިވާ ވަޢުދުތަކުގެ ތެރެއިން އަތޮޅުތަކަށް މަތީ ތަޢުލީމު ފުޅާކޮށް، ރަށުން ބޭރުގައި ކިޔެވުމަށް ފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި ދަނާލުތަކެއް އެޅުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އެކަމާ ގުޅޭ މަސައްކަތްތައްވަނީ ފަށްޓަވައިފައެވެ.

މިއަދު އޮންލައިން