އައިވީއެފް އާއި އައިޔޫއައިއަށް އާސަންދައިގެ ދަށުން އެދުމުގެ ފުރުސަތު މާޗު މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެކަމަށް އެންސްޕާއިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އެ ފަރުވާ އެދުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށާއި އަދި މިއީ އެ ފަރުވާއަށް ބޭނުންވެފައިތިބި އެތައް ބަޔަކަށް ލިބިގެންދާ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި މި އުސޫލު ބައްޓަން ކުރވިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ޚިދުމަތް ލިބޭ ގޮތަށް ކަމަށް ހީނާ ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ދުރުނޫން މުސްތަގުބަލެއްގައި ރާއްޖޭގައި ނެޝަނަލް ފަރޓިލިޓީ ކެއަރ ސެންޓަރެއް ޤާއިމް ކުރެވިގެންދާނެކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އައިވީއެފް އާއި އައިޔޫއައި ފަރުވާ އާސަންދައިގެ ދަށުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.