އެގްރޯނެޓުން ކާށިދޫގައި ދިވެހި އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
އެގްރޯނެޓުން ކާށިދޫގައި ދިވެހި އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ހުޅުވައިފި

ކާށިދޫ މާރުކޭޓުގެ ނަމުގައި އެގްރޯނެޓުން ކާށިދޫގައި ދިވެހި އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ހުޅުވައިފިއެވެ.

މިމާރުކޭޓް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ކާށިދޫ ކައުންސިލްގެ ނައިބު ރައީސާ އަލްފާޟިލާ ސަހުލާ ނިޒާރެވެ. މި ޙަފުލާގައި މާރުކޭޓުން ގޮޅި ލިބުނު ފަރާތްތަކަށް ގޮޅި ލިބުންކަމުގެ ލިޔުންވެސް ވަނީ ޙަވާލުކޮށްފައެވެ. 

މިކަމާގުޅިގެން އެގްރޯނެޓުން ބުނީ މިއީ މިފަދަ ފުރަތަމަ މާރުކޭޓު ކަމުގައި ވީނަމަވެސް ކާށިދޫގެ އިތުރުން އެހެން ރަށް ރަށުގައި ވެސް މިފަދަ މާރުކޭޓުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި މާރުކޭޓަކީ ސަރުކާރުގެ ހަފުތާ 14 ގެ މަގުޗާޓުގައި ކަނޑައަޅުއްވާފައިވާ ވަޢުދުގެ ދަށުން އަދި އެގްރޯނެޓްގެ އިޖްތިމާޢީ އެހީގެ ޕްރޮގްރާމްގެ ދަށުން އެރަށުގައި ބިނާކުރި މާރުކޭޓެކެވެ.

މިއަދު އޮންލައިން