ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ރަސްމީ ވެބްސައިޓް ބަޔަކު ހެކްކޮށްފިއެވެ.
ހޯމް މިނިސްޓްރީގެ ވެބްސައިޓް ހެކްކޮށްފައިވަނީ، މިއަދުގެ ވަގުތެއްގައެވެ.
ނަމަވެސް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިނިސްޓްރީގެ ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މި ވަގުތު ވެބްސައިޓް ޑައުންވެފައިވާ ކަމަށެވެ.
އެންސީއައިޓީން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އިންޑިއަން ސައިބާ ފޯސް ކަމަށް ބުނާ ބަޔަކު ހޯމް މިނިސްޓްރީގެ ވެބްސައިޓު ހެކްކޮށް، ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކޮށްދިނުން ވަރަށް މުހިންމު ކަމަށެވެ. އަދިވެސް އެފަދަ ކަންކަން ތަކުރާރުވަމުންދާނެ ކަމަށް ބުނެ ހެކްކަރުން އިންޒާރުވެސް ދީފައިވެއެވެ.