ސިފައިންނާއި ފުލުހުންގެ މުސާރަ މާރިޗް 1 އިން ފެށިގެން ބޮޑުކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ސިފައިންނާއި ފުލުހުންގެ މުސާރަ މާރިޗް 1 އިން ފެށިގެން ބޮޑުކުރަނީ

ސިފައިންނާއި ފުލުހުންގެ މުސާރަ ކުރިއަށް މި އޮތް މާރިޗް މަހުގެ އެކަކުން ފެށިގެން ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށް ދާ އަަހާ ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ކޮށްލި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިރޭ ސަލްޓަންޕާކުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާފައިވާ "އަހާ" ފޯރަމްގައި ރައީސަށް ހުށަހެޅިގެން ދިޔަ ސުވާލުތަކުގެ ތެރެއިން ސުވާލުތަަލަށް ޖަވާބު ދެއްވަައި އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުން އެމަނިކުފާނު ވަނީ އަޑުއައްސަވާފައެވެ. އެގޮތުން ގެދޮރުވެރިކަމުގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ފަސްއަހަރުގެ ދައުރު ނިމިގެންދާއިރު ހުރިހާ ދިވެހިރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށެވެ.

މިރޭގެ ފޯރަމްގައި، ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރަނީ ކޮންއިރަކުންތޯ އާންމު ފަރުދަކުކޮށްލި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅެއްކަމަށާއި ވައުދުފުޅާ އެއްގޮތަށް ފުލުހުންނާއި ސިފައިން ގެވެސް މުސާރަ ބޮޑުކުރައްވާނެކަމަށާއި މާރިޗްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރަ ބޮޑުވެގެންދާނެކަމަށެވެ.

މިސަރުކާރުން ހަފުތާ 14 ގައި ހިމެނޭ 161 ވައުދުގެ ތެރެއިން 150 ވައުދު ސަައްތައިން ސައްތަ ފުރިހަމަ ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެގައެވެ.

 

މިއަދު އޮންލައިން