ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރަށްވުގެ 30 އިންސައްތަ ދަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރަށްވުގެ 30 އިންސައްތަ ދަށް!

ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރަށްވުގެ 30 އިންސައްތަ ދަށް ގޮސްފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ހުރި މިންވަރަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދަށް ހިނގާފައިވާ 5.9 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 30 އިންސައްތަ ދަށް އަދަދެކެވެ.

ޚަރަދަށްވުރެ އާމްދަނީ 400 މިލިއަން ރުފިޔާ އިތުރުކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާއިރު ދައުލަތުގެ ޚަރަދުތައް ކުޑަކުރެވިފައިވާއިރު، ޚަރަދުގެތެރޭގައި، ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 3.1 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 905 މިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނޭ 3.1 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 1 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 2.1 ބިލިއަން ރުފިޔާއެވެ.

 

މިއަދު އޮންލައިން