ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލުމަށް އެކްސްޕޯއެއް ބާއްވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި އެކްސްޕޯއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، "މިއަހަރު ތެރޭގައި އަޅުގަނޑުމެން އެބަ ގަސްދުކުރަން ދިވެހިރާއްޖޭގެ ހުރިހައި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި އެކުގައި އެކްސްޕޯއެއް ބާއްވަން. ދިވެހިރާއްޖޭގައި މިސާލަކަށް އާރޓް އިންޑަސްޓްރީއާއި އުފެއްދުންތެރިކަމުގެ ހުރިހައި ބާވަތްތަކެއް ހިމެނޭގޮތައް އުފެއްދުންތެރިކަމުގެ އެކްސްޕޯއެއް. ރާއްޖޭގެ ސްކޭލްގައި ނޭޝަންވައިޑް ބާއްވަން." ކަމަށެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް އެކްސްޕޯއަށް ވެގެންދާއިރު މި އެކްސްޕޯގެ ތެރެއިން އެކި ހުނަރުވެރިންގެ ހުނަރު ދައްކާލުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.