ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންހައުސިން ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން އާންމުކޮށްފިއެވެ.
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމުގެ ބޭނުމުގައި ތަރައްގީކުރަމުންދާ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގ އަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. މިގޮތުން ތަޢުލީމީ ޚިދުމަތާއި، ސިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުންވެސް، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެ ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްގީ ކުރުމަށް ޕްލޭން ގައި ކަނޑައެޅިފައި ވެއެވެ. އަދި ގުޅީފަލާއި މާލެ، ތިލަމާލެ ބުރިޖުން ގުޅާލާފައި ވުމަކީވެސް ގުޅީފަޅުގައި އާބާދުވާ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެކެވެ.
މީގެ އިތުރުން ގުޅީފަޅުގައި އިގްތިސާދީ މަސައްކަތްތަކަށް ވެސް ހާއްސަ ސަރަައްދުތައް ކަނޑައަޅާފައި ވެއެވެ. މިިގޮތުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާއި އަށް ހާއްސަ ސަރަހައްދުތަކެއް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި ވެއެވެ. އަދި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހާއްސަކޮށް ސިޓީ ހޮޓާ ތަރައްގީކުރުމަށް ވެސް ވަނީ ކަނޑައެޅިފައެވެ.