އެތައް ސަތޭކަ ދަރިވަރުން ބައިވެރިވި މިއަހަރުގެ މައިލޯ ކިޑްސް ފިއެސްޓާ ނިންމާލައިފިއެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިއަ މިފިއެސްޓާގައި މާލެސިޓީގެ 20 ސްކޫލަކުން ގްރޭޑް 1 އަދި 2ގެ 720 ދަރިވަރުން ބައިވެރިވިއެވެ. އަދި 200 އޮފިޝަލުން ޙަރަކާތްތެރިވިއެވެ. 180 މެޗް ކުޅެފައިވެއެވެ.

ގްރޭޑް 1 އަކުން ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސްކޫލެވެ. ގްރޭޑް 2 އަކުން ޗެމްޕިއަންކަން ހޯދީ ރެހެންދި ސްކޫލެވެ. ރަނަރއަޕް ގްރޭޑް 1 ގެ މަޤާމް ހޯދީ ކަލާފާނު ސްކޫލެވެ. ރަނަރއަޕް ގްރޭޑް 2 ގެ މަޤާމް ހޯދީ ޞަލާޙުއްދީން ސްކޫލެވެ. ގްރޭޑް 1 އިން 3 ވަނަ މަޤާމް ހޯދީ އަޙްމްދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ގްރޭޑް 2 އިން 3 ވަނަ މަޤާމް ހޯދީ ތާޖުއްދީން ސްކޫލެވެ.
މުބާރާތުގައި ވަނަތައް ހޯދި ސްކޫލްތަކަށް ތަށްޓާއި މެދްލް ދިނުމުގެ އިތުރުން މިމުބަރާތަކީ ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވިކަމުގެ މެޑެލް ލިބޭ މުބާރާތެކެވެ. މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްތައް ޝަރަފްވެރިކޮށްދެއްވީ މާލެސިޓީގެ މޭޔަރ އާދަމް ޢާޒިމް އެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި ނެސްލޭ ލަންކާގެ ހެޑް އޮފް އެކްސްޕޯޓްސް (އިންޓަރނޭޝަނަލް) މިސްޓަރ ޑިޝާން ވިޖަޔަވަރުދަނާ ބައިވެރިވެލެއްވިއެވެ.

2014 ވަނަ އަހަރުން ފެށިގެން މައިލޯ އާއި ސޮކަރ ވެޓެރަންސް އެސޮސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކޮންމެ އަހަރަކު އަންނަނީ 5 މުބާރާތް ބާއްވަމުންނެވެ. އެއީ:
ގެރޭދް 1 އަދި 2 އަށް އަމާޒުކޮށްގެން ބާއްވާ މުބަރާތަކާއި ގްރޭޑް 3 އަދި 4 އަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކާއި 10 އަހަރުން ދަށަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކާއި 12 އަހަރުން ދަށަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކާއި 14 އަރުން ދަށަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. މީގެ ތެރެއިން 10 އަހަރުންދަސާއި 12 އަހަރުން ދަށާއި އަދި 14 އަަހރުން ދަށުގެ މުބާރާތްތައް ބާއްވަނީ މުޅިރާއްޖޭގެ ހުރިހާ އެކަޑަމީތަކަށް ހުޅުވާލައިގެންނެވެ.
މިމުބާރާތްތަކުގެ ސަބަބުން ޜާއްޖޭގެ ފުޓްބޯޅައަށް އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ.
From 2014 Soccer vaterance association of Maldives held 5 tournaments every year
- Milo Kids football fiesta GR 1&2
- Milo kids football fiesta GR 3&4
- Milo academy championship Under 10
- Milo academy championship Under 12
- Milo academy championship Under 14