8250 ފަރާތަކަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 46ސ
8250 ފަރާތަކަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފި

8250 ފަރާތަކަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެެވެ.

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 8250 މީހުން އެގްރީމަންޓްގައި ސޮއިކޮށް ރަޖިސްޓްރީއާ ވަނީ ޙަވާލުވެފައެވެ. އަދި 118 މިހާކަށް ބިން ލިބިފައިވާކަމުގެ ލިޔުން ޙަވާލުކޮށްފައިވާކަމަށާއި، ބިން ލިބިފައިވާކަމުގެ ލިޔުން 303 މީހަކަށް ޙަވާލުނުކުރެވޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން ބިންތަކުގެ އެގްރީމަންޓްގައި ސޮއިކޮށް ރަޖިސްޓްރީ ޙަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާކަމުގެ ލިޔުން ޙަވާލުކޮށްފައިނުވާ ފަރާތްތަކަށް ގުޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެ ވުޒާރާއިން ގުޅާނީ 4004994 އާއި 4004797 އިންނެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ.

މިއަދު އޮންލައިން