ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 41ސ
ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު 22 ފެބްރުއަރީ 2024 ވަނަ ދުވަހު ބާއްވައިފިއެވެ.

މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރ އަަލްފާޟިލް ހަސަން ރަޝީދާއި އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ، އަލްފާޟިލް އަޙުމަދު ލަތީފްއެވެ. 

އެމްޓީސީސީ އިން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 11.45 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

 

 

މިއަދު އޮންލައިން