ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މައިލޯ އިން އަންނަނީ ކުޑަކުދިންނަށް ކުރިއެރުން ހޯދައިދޭން މަސައްކަތް ކުރަމުން ކަމަށް ނެސްލޭ ލަންކާގެ މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ސްޓެފަން ބަންހާޑް ވިދާޅުވެއްޖެއެވެ.
"މައިލޯ ކަނެކްޓް" ގެ ނަމުގައި ހޮޓެލް ޖެންގެ ބޯލްރޫމްގައި ބުރާސްފަތި ދުވަހު ހަވީރު ކުރިއަށް ގެންދިއަ ޚާއްޞަ ޙަފްލާގައި މިސްޓަރ ސްޓެފަން ވިދާޅުވީ މައިލޯ އިން މަސައްކަތްކުރަނީ ދަރިވަރުން/ ކުޑަކުދިންނަކީ ޞިއްޙީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޮޑެތިވުމަށް އެހީތެރިވެދޭން ކަމަށެވެ.

"ކުޅިވަރުކުޅުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ކުދިން ކުޅިވަރުން ކުރިއެރުމުގެ އިތުރުން ކުދިންނަށް ރަނގަޅު ޞިއްހަތެއް ލިބި ކުދިންނަށް ރިވެތި އަޚްލާޤް ދަސްވޭ. އެކަމުގެ ފައިދާ ކިޔެވުމަށްވެސް ކުރޭ. ސިންގަޕޫރު ފަދަ ޞިއްޙީ ކަންކަމަށާއި ކުދިންގެ ކުރިއެރުމަށް އެންމެ ބޮޑަށް ސަމާލުކަންދޭ ޤައުމުތަކުގައިވެސް މައިލޯގެ އިވެންޓްތަކަށް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުން." ކަމަށްވެސް މިސްޓަރ ސްޓެފަން ވިދާޅުވިއެވެ.
މިޚާއްޞަ ޙަފްލާގައި ބައިވެރިވި ކުޅިވަރު އެސޯސިއޭޝަންތަކުން ފާހަގަކުރިގޮތުގައި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ބާއްވާ މުބާރާތްތަކަށާއި އަދި ކުޅިވަރު ކުޅިއެރުވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއްފަރާތަކީ ނެސްލޭ މައިލޯއެވެ.

ޚާއްޞަކޮށް ކުޅުންތެރިން އުފެއްދުމަށާއި ތަމްރީނުކުރަން ނެސްލޭ މައިލޯއިން ފޯރުކޮށްދޭ އެހީތެރިކަން އެސޯސިއޭޝަންތަކުން ފާހަގަކުރިއެވެ. ނަތިޖާއެއްގެ ގޮތުން މޮޅު ކުޅުންތެރިތަކެއް އުފެއްދިފައިވާކަންވެސް ފާހަގަކުރިއެވެ.