ކުރީ ސަރުކާރުން ރާއްޖެ ތަރައްގީކުރުމުގެ ބަދަލުގައި އިތުރުކުރީ ދައުލަތުގެ ދަރަނި: ވަޒީރު ޝިޔާމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ކުރީ ސަރުކާރުން ރާއްޖެ ތަރައްގީކުރުމުގެ ބަދަލުގައި އިތުރުކުރީ ދައުލަތުގެ ދަރަނި: ވަޒީރު ޝިޔާމް

ކުރީ ސަރުކާރުން ރާއްޖެ ތަރައްގީކުރުމުގެ ބަދަލުގައި އިތުރުކުރީ ދައުލަތުގެ ދަރަނި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަަދު މުއިއްޒު އުތުރުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ.ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން ބަޖެޓުން ތަރައްގީއަށް ހަރަދުކޮށްފައި ނުވާއިރު، އިތުރަށް އެތައް ބިލިއަން ރުފިޔާއެއް ޗާޕުކޮށްގެންވެސް ކުރިކަމެއް ނެތްކަން ޝިޔާމް ފާހަގަކުރެއްވިއެެވެ. މީގެއިތުރުން މަސްވެރިންނަށް ނުދީ އެތައް މިލިއަން ރުފިޔާއެއް ހުރިކަމަށާއި، އަދި ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ، ދައުލަތް 120 ބިލިއަން ރުފިޔާއިން ދަރުވާލާފަޢިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"5 އަހަރުގެ ސަރުކާރަކަށް 168 ބިލިއަނަށްވުރެ ކުޑަ ނޫން ބަޖެޓެއް ލިބޭނެ. މިފަދަ ރަށްރަށަށް އައުމުން ރައްޔިތުންގެ ޝަކުވާއައި ކަންބޮޑުވުމުން އެނގިގެންދަނީ އެއްވެސްކަމެއް ކޮށްދީފައި ނުވާކަން. ބަޖެޓަށާއި އޭގެއިން ނުވެގެން ފައިސާ ޗާޕުކޮށްގެން ކުރީ ކޮންކަމެއްތޯއޭ؟" ޝިޔާމް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން