މާލީ ތަނަވަސްކަން ނެތުމަކީ ދެމެހެއްޓެނިވި ގޮތަށް ކާނާ އުފެއްދުމަށް އޮތް ގޮންޖެހުމެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ.އާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
އދ.ގެ ކާނާއާއި ދަނޑުވެރިކަމާއިބެހޭ ޖަމްއިއްޔާ (ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން) ގެ 37 ވަނަ ރީޖަނަލް ކޮންފަރެންސް ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކްގެ މިނިސްޓީރިއަލް ބައްދަލުވުމުގައި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުންނާއި، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށް ހުރި ގޮންޖެހުންތަކާއި، އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
ވަޒީރު ރަމީލާވަނީ މިފަދަ ބަދަލަކަށް ވާސިލުވުމަށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ތަނަވަސްކަންނެތުމުގެ މައްސަލަކަމަށް ފާހަގަކުރައްވާފައެވެ. އަދި މާލީ ތަނަވަސްކަން ހުރި ޤައުމުތަކުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ވަޒީރު ޑރ.އާއިޝަތު ރަމީލާއެވެ.