ގެދޮރުވެރިޔާ މަޝްރޫއުގެ 32 ޓަވަރު ތެރެއިން 26 ޓަވަރުގެ މަސައްކަތް މިއަހަރު ނިންމަނީ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 5ސ
ގެދޮރުވެރިޔާ މަޝްރޫއުގެ 32 ޓަވަރު ތެރެއިން 26 ޓަވަރުގެ މަސައްކަތް މިއަހަރު ނިންމަނީ!

ފަހި ދިރިއުޅުމުން އިމާރާތްކުރަމުން އަންނަ ގެދޮރުވެރިޔާ މަޝްރޫއުގެ 32 ޓަވަރު ތެރެއިން 26 ޓަވަރުގެ މަސައްކަތް މިއަހަރު ތެރޭ ނިންމާލެވޭނެ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ހަމްދާން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުންދާ ފްލެޓްތަކުގެ ތެރެއިން 11 ފްލެޓެއްގެ ސްޓްރަކްޗަރގެ މަސައްކަތް ނިމިފައިވާކަމަށާއި އަދި އިތުރު ޓަވަރުތަކުގެވެސް ސްޓްރަކްޗަރަލް މަސައްކަތުގެ %65 ނިމިފައިވާކަމަށެވެ.

"26 ޓަވަރުގެ މަސައްކަތް މިއަހަރު ތެރޭ ނިންމާލެވޭނެ.. ބާކީ 6 ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ 3 މަސްތެރޭ ނިންމުމަށް ޕްލޭންކޮށްފައި އޮތްނަމަވެސް އެ ޓަވަރުތަކުގެ މަސައްކަތްވެސް މިއަހަރު ތެރޭ ނިންމޭތޯ ދަނީ މަސައްކަތް ކުރަމުން" ހަމްދާން ވިދާޅުވިއެވެ.

މިހާރު ކުރިއަށް ދަނީ 4 ޓަވަރެއްގެ ފިނިޝިން މަސައްކަތްކަމަށާއި ލިފްޓް ހަރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ހަމްދާން ވިދާޅުވިއެވެ. ކޮންމެ ފްލެޓެއްގައި 3 ލިފްޓް ހަރުކުރާއިރު އާދައިގެ 2 ލިފްޓާއި ބަލި މީހުން އުފުލުމަށް 1 ލިފްޓް ޚާއްސަކޮށްފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ. 

އެފްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އިމާރާތްކުރަމުންނެވެ.

މިއަދު އޮންލައިން