އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހު ގޭގެއަށް ބޭނުންވާނެ ގިނަބާވަތްތައް އުފަންވެލި ޝޮޕްތަކުން ހެޔޮ އަގުގައި ގަންނަން ލިބޭނެ ކަމަށާއި މިހާރުވެސް ގިނަ ބާވަތްތަކެއް ގެންދަނީ ހެޔޮ އަގުގައި ވިއްކަމުންކަމަށަް އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފިއެވެ.
"ފަނިގިރަން ބޭނުންވާނެ މޭވާގެ ބާވަތްތަކާއި ތަރުކާރީ އާއި އަދި އެހެންވެސް ގިން ބާވަތްތައް މިއަހަރުވެސް ވަރަށް ހެޔޮ އަގުގައި ވިއްކަން މިގެންދަނީ މަސައްކަތްކުރަމުން. ވަރަށް ގިނަ ބާވަތްތައް އަދި އަތްފޯރާފަށަށް ނާންނަނީ ދަތުރުފަތުރުކުރަން ހުރި ހުރަސްތަކުގެ ސަބަބުން. މުދަލަށް ވަނީ އޯޑަރުކޮށްފަ. ލިބޭ ވަރަކުން އަގުހެޔޮކުރަމުން ގެންދާނީ! އިން ޝާ ﷲ
އުފަންވެލި ޝޮޕްތަކުން މިހާރުވެސް ހެޔޮ އަގުގައި ވިއްކާ ބާވަތްތަކުގެ ތެރޭގައި:
އަލުވި ކިލޯއެއް 10 ރުފިޔާ، ފިޔާކިލޯއެއް 22 ރުފިޔާ، ކުކުލުބިހެއް 1/75، އޮރެންޖެއް 5 ރުފިޔާ، އިނގުރު ކިލޯއެއް 15 ރުފިޔާ، ޗިކަން ސްޓްރިޕްސް 60 ރުފިޔާ، ޗިކަން ނަގެޓްސް 25 ރުފިޔާ، އަދި މެރިނޭޓެޑް ޗިކަން ބްރެސްޓް 100 ރުފިޔާ ހިމެނެއެވެ.