ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމާ ގުޅޭ ދާއިރާތަކުން ދިރާސާ ކުރުމަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމާ ގުޅޭ ދާއިރާތަކުން ދިރާސާ ކުރުމަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ދަރިވަރުންނަށް ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމާ ގުޅޭ ދާއިރާތަކުން ދިރާސާ ކުރުމަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އެންދެރި ސްޓޫޑެންޓް ގްރާންޓްގެ ނަމުގައި ހުޅުވާލާފައިވާ މިފުރުޞަތުގެ ދަށުން ނެޗުރަލް ކެޕިޓަލް ވެލުއޭޝަން އަދި އެކައުންޓިންގގެ ރިސަރޗް ސްޓަޑީޒްތަކާއި ބަޔޯޑައިވަރސިޓީ ކޮންޒަވޭޝަންގެ އިތުރުން ކޯޕަރޭޓް ސެކްޓަރގެ ވިޔަފާރިއާއި އެކައުންޓިން ޕްރޮފެޝަންތަކާ ގުޅުން ހުރި ދާއިރާތަކުން ދިރާސާތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

14 ދަރިވަރަކަށް ގިނަވެގެން އެއްލައްކަ ރުފިޔާގެ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށާއި އެހީ ބޭނުންވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ކޮންސެޕްޓް ނޯޓާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް [email protected] ހުށައެޅުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. އަދި އެ ފުރުޞަތު އޭޕްރީލްމަހުގެ 15 ވަނަ ދުވަހުގެ 14:00 އާ ހަމައަށްވަނީ ހުޅުވާލާފައެވެ.

 

މިއަދު އޮންލައިން