ތުރުކީން ގެންނަ ކާޑުގެ ފުރަތަމަ ޝިޕްމަންޓު ގެންނަ ބޯޓު ރާއްޖެ އައުމަށް ފުރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ތުރުކީން ގެންނަ ކާޑުގެ ފުރަތަމަ ޝިޕްމަންޓު ގެންނަ ބޯޓު ރާއްޖެ އައުމަށް ފުރައިފި

ތުރުކީން ގެންނަ ކާޑުގެ ފުރަތަމަ ޝިޕްމަންޓު ގެންނަ ބޯޓު ރާއްޖެ އައުމަށް ފުރާފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހޯދުމަށްވެސް ވަކި ޤައުމަކަށް ބަރޯސާވުން ހުއްޓާލުމަށްޓަކައި އެހެން ޤައުމުތަކުން އެތަކެތި ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެއް އަހަރަށް ބޭނުންވާ މިންވަރަށްވުރެވެސް އިތުރަށް ތުރުކީން ހަނޑޫ، ހަކުރު، ފުށް ގެންނަން ނިންމަވައި، އެކަމާއި ގުޅޭ އެއްބަސްވުންތައް ޤާއިމްކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ފިޔާ، ބިސް އަދި އަލުވިވެސް އިތުރު ޤައުމުތަކުން ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތުރުކީން ކާޑުގެ ބާވަތްތައް ގެނައުމާއި ގުޅޭ ވާހަކަތައް ދެކެވިފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ޑިސެމްބަރުމަހު އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

 

މިއަދު އޮންލައިން