މާލީ ވުޒާރާއިން އެސްއެފްޑީއާއެކު ވީއައިއޭ ގެ ތަރައްޤީގެ މަޝްރޫޢާ ގުޅޭގޮތުން މަޝްވަރާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މާލީ ވުޒާރާއިން އެސްއެފްޑީއާއެކު ވީއައިއޭ ގެ ތަރައްޤީގެ މަޝްރޫޢާ ގުޅޭގޮތުން މަޝްވަރާކޮށްފި

ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓު، (އެސްއެފްޑީ) އާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ތަރައްޤީގެ މަޝްރޫޢާ ގުޅޭގޮތުން މާލީ ވުޒާރާއިން މަޝްވަރާކުރައްވައިފިއެވެ.

މިކަމާގުޅިގެން މާލީ ވުޒާރާއިން ބުނެފައިވަނީ އެސްއެފްޑީއާއެކު ބޭއްވެވި ބައްދަލުވުމުގައި ވީއައިއޭގެ ތަރައްޤީގެ މަޝްރޫޢު ކުރިއަށްދާގޮތުގެ އެންމެ ފަހުގެ މައުލޫމާތާއި، މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ހުރި ގޮންޖެހުންތައް ހިއްސާކުރެއްވި ކަމަށެވެ.

އެސްއެފްޑީއޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އޭޝިއާ އޮޕަރޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ސައުދު އަލްޝައްމަރީއެވެ.

އެސްއެފްޑީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢަށް ފަންޑުކޮށްދޭ ބޭރުގެ އިދާރާއެވެ. ވީއައިއޭ ތަރައްޤީކުރުމުގައި އެސްއެފްޑީގެ އިތުރުން އޯޕެކް ފަންޑު ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓު، އޮފިޑު، އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓު، އޭޑީއެފްޑީ އަދި ކުވެއިތު ފަންޑު ފޮރ ޑިވެލޮޕްމަންޓުން މާލީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. 

މިއަދު އޮންލައިން