ރޯދަމަހު ކާޑުގެ ބާވަތްތައް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖައްސަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރޯދަމަހު ކާޑުގެ ބާވަތްތައް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖައްސަނީ!

ކުރިއަށް އޮތް ރޯދަމަހު ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަކަމަށް ހަމަޖައްސަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރ، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ.މިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރައީސް ބައްލަވަނީ ރައްޔިތުންގެ ހާލު އެކަނި ނޫން ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނު އުޅުއްވަނީ އަލިއްލަފުޅަށް ރަށްރަށުގެ ކަންކަން ބައްލަވާ، ޗާޕު ކުރައްވާ ރައްޔިތުންގެ އަތަށް ވައުދުފުޅު ފޮތް ދެއްވާ މުޅި އަތޮޅު ތެރޭގައި ކަންކަން ކުރެއްވުމުގައި ކަމަށެވެ.

"ރައީސް އޮފީހުގައި ވެސް އިންނެވޭނެ. ވަޒީރުން ތަންތަނަށް ފޮނުއްވާފަ. ޕާޓީގެ ބޭފުޅުން ވެސް އެބަ ތިއްބެވި. ފޮނުވޭނެ ތަންތަނަށް. ހަމަގައިމު ވެސް ކަންކަން ބެއްލެވޭނެ" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ރަމަޟާންމަހު ކާބޯތަކެތީގެ އަގު މައްޗަށް ނުދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި އެކަން ކަށަވަރުކުރުމަށް ރައީސްގެ އެދިވަޑައިގަތުމާއެކު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށާއި އެގޮތުން ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުން އެ ވުޒާރާއާއި އެސްޓީއޯއާއެކު ވޯކިން ކޮމިޓީއެއް އުފައްދަވާ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

"މިހާރު ތުރުކީން ފުށުގެ ޝިޕްމެންޓަށް ފުރާފަ ވާނެ. ރާއްޖޭގެ މުޅި އަހަރުގެ ދިވެހި ރައްޔިތުން ކެއުމަށާއި ބުއިމަށް ބޭނުން ކުރާ އަސާސީ ހުރިހާ ބާވަތްތަކެއް، މުޅި އަހަރުގެ ޖުމްލަ ކުއެންޓިޓީއާއި އަދި 10 އިންސައްތަ އިތުރަށް އިރާދަ ކުރެއްވިއްޔާ ތުރުކީ ވިލާތުން ލިބޭ ގޮތް ރައީސް ވަނީ ހަމަޖައްސާފަ." މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން