ރާއްޖޭގައި އުފަންވާކުދިން މަދުވުމުގެ މައްސަލައަކީ ކަންބޮޑުވާ ކަމެއް: ސާޖިދާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރާއްޖޭގައި އުފަންވާކުދިން މަދުވުމުގެ މައްސަލައަކީ ކަންބޮޑުވާ ކަމެއް: ސާޖިދާ

ރާއްޖޭގައި އުފަންވާކުދިން މަދުވުމުގެ މައްސަލައަކީ ކަންބޮޑުވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އާބާދީ އޮތްގޮތާއި ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްކަމަށްވާ "ޗޭންޖިން ޕޮޕިއުލޭޝަން ޑައިނަމިކްސްއިން މޯލްޑިވްސް" ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ "ރާއްޖޭގެ އާބާދީގެ 76 އިންސައްތައަކީ މަސައްކަތްކުރާ އާބާދީ. މިއީ މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ޤައުމީ ފެންވަރުގައި. އެހެންނަމަވެސް އުފަންވާ ކުދިންގެ ރޭޓަށް ބަލާއިރު ރާއްޖޭގެ މަސައްކަތްކުރާ އާބާދީ ބޮޑުތަކުން ކުޑަވެ ޤައުމީ ތަރައްޤީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. އެކަމަށް މިއަދު ލިބިފައިވާ ފުރުސަތުގައި ފިޔަވަޅު އަޅަންޖެހޭ." ކަމަށެވެ.

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ސަރުކާރުގެ އުސޫލުތަކުގެ ތެރެއިން ޢާއިލާތަކަށް ލިބޭ ލުއިތައް އިތުރުކޮށް އުފަންވާ ކުދިންގެ އާބާދީ އިތުރުކުރުމާމެދު ވިސްނަންޖެހޭކަމަށެވެ. 

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ނެރެފައިވާ ތަފްސީލީ ދިރާސާތައް މިރަސްމިއްޔާތުގައި ވަނީ ޢާއްމުކޮށްފައެވެ.

 

މިއަދު އޮންލައިން