ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ޢުދުވާންތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ޢުދުވާންތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓާލުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ.

ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގެ 55 ވަނަ ބައްދަލުވުމުގައި ރާއްޖެއިން މިކަމަށް ގޮވާލީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުލްސަމަދު އިއްވި ބަޔާނެއްގައެވެ.

މި ބަޔާންގައި ވަނީ ފަލަސްޠީނުގެ މުސްލިމް އަޚުންނަށް އިސްރާޢީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 1967 ވަނަ އަހަރު އޮތްގޮތަށް ފަލަސްޠީނުގެ ވެރިކަންކުރާ ރަށަކަށް ޤުދުސްވާ ގޮތަށް އެ ޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅި، މިހާރު ހިނގަމުންދާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ބީވެފައިވާ އިންސާނީ ޙައްޤުތައް ވަގުތުން ވަގުތަށް ކަށަވަރުވާންޖެހޭކަމަށް ޝެރީނާ ވިދާޅުވިއެވެ.

އެކަމަނާގެ ތަޤުރީރުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ޙިމާޔަތް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ހަމަ އެހެންމެ މިންތީގެ ހަމަހަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމައުގައި ބައިވެރިކުރުން ފަދަ އިޖުތިމާއީ ކަންކަމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

މިއަދު އޮންލައިން