ފުރަތަމަ ފަހަރަށް އެއް މަސްތެރޭ ދެ ލައްކަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ފުރަތަމަ ފަހަރަށް އެއް މަސްތެރޭ ދެ ލައްކަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެެ

މިއީ ރެކޯޑު އަދަދެކެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 200،004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 19.9 އިންސައްތަ އިތުރު އަދަދެކެވެ. 

މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 166،762 ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.

އެގައުމުން 52،709 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނާގައި އޮތް ރަޝިއާއިން 37،877 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިން ވަނާގައި އޮތީ އިޓަލީއެވެ. އެގައުމުން މި މުއްދަތުގައި 37،393 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިނިސްޓްރީން 1،165 ތަނަކަށް ހުއްދަދީފައިވާއިރު، މިހާރު ހިދުމަތްދެމުން އަންނަނީ 1،160 ތަނަކުންނެވެ. އެއީ، 175 ރިސޯޓާއި، 15 ހޮޓަލލުގެ އިތުރުން 830 ގެސްޓްހައުސް އަދި 140 ސަފާރީއެވެ. މިއާއެކު މިހާރު ފަތުރުވެރިކަމަށް ޖުމްލަ 61،831 އެނދު ވަނީ ހުޅުވާލާފައެވެ

 

މިއަދު އޮންލައިން