އެސްޓީއޯއިން ރޯދަމަހަށް ގެނައި ފިޔާ، އަލުވި، ބިހުގެ ފުރަތަމަ ޝިޕްމެންޓް މާލެ ގެނެސް ވިއްކަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
އެސްޓީއޯއިން ރޯދަމަހަށް ގެނައި ފިޔާ، އަލުވި، ބިހުގެ ފުރަތަމަ ޝިޕްމެންޓް މާލެ ގެނެސް ވިއްކަން ފަށައިފި

އެސްޓީއޯއިން ރޯދަމަހަށް ގެނައި ފިޔާ، އަލުވި، ބިހުގެ ފުރަތަމަ ޝިޕްމެންޓް މާލެ ގެނެސް ވިއްކަން ފަށައިފިއެވެ.

މިކަމާގުޅިގެން އެސްޓީއޯއިން ބުނީ މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ގެނައި ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމެންޓް މާލެ ގެނެސް މިހާރު ވިއްކަން ފަށާފައިވާކަމަށާއި ރޯދަމަސް ނިމެންދެން މި ތަކެތި އަގުހެޔޮކޮށް ބާޒާރުން ލިބެން ހުންނާނެކަމަށެވެ.

އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ 20 ރުފިޔާއަށެވެ. އަލުވި 15 ރުފިޔާއަށް ކިލޯއެއް ވިއްކާއިރު ބިސް ވިއްކާނީ 1 ރުފިޔާ 75 ލާރީ އަށެވެ.

ރައްޔިތުންނަށް ފަސޭހަކޮށްދިނުމަަށް އެސްޓީއޯއިން އަންނަނީ ކޮންމެ ރޯދަމަހާއި ދިމާކޮށް އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތައް ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގެ ބާޒާރުގައި ހޯލް ސޭލް އަދި ރީޓެއިލްކޮށް ވިއްކަމުންނެވެ.

މިއަދު އޮންލައިން