ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާގެ އީސްޓަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
އީސްޓަން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޖައްސައިފަ އެވެ.
އީސްޓަން އެއަރލައިންގެ މަތިންދާބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއް އެރުވުން އޮތެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަންގ ލިޒިންއާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަމުންދިޔަ ގައުމެވެ. މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް ވަނީ 187،125 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.