ރާއްޖޭގެ އެކި ދާއިރާތަކަށް ސްރީލަންކާގެ މަސައްކަތްތެރިންގެ ހިއްސާބޮޑު: ނައިބު ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ރާއްޖޭގެ އެކި ދާއިރާތަކަށް ސްރީލަންކާގެ މަސައްކަތްތެރިންގެ ހިއްސާބޮޑު: ނައިބު ރައީސް

ރާއްޖޭގެ އެކި ދާއިރާތަކަށް ބަލާއިރު ސްރީލަންކާގެ މަސައްކަތްތެރިންގެ ހިއްސާބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ 76 ވަނަ މިނިވަންދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ނައިބުރައީސް ވިދާޅުވީ "މިނިވަންކަމުގެ އެތައް ދުވަހެއް ކުރިއަށް ޖެހިލާއިރުވެސް ރާއްޖެއާއި ސްރީލަންކާގެ ރައްޔިތުންގެ ގުޅުން އޮތީ ވަރުގަދަކޮށް. ރާއްޖޭގެ އެކި ދާއިރާތަކަށް ބަލާއިރު ސްރީލަންކާގެ މަސައްކަތްތެރިންގެ ހިއްސާބޮޑު." ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަމުންދާ ސްރީލަންކާގެ މުދައްރިސުންގެ ދައުރާއި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ސްރީލަންކާއިން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ވެސް ވަނީ އަލިއަޅުއްވާލެއްވިއެވެ. 

މިރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ޚާރިޖީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 

 

މިއަދު އޮންލައިން