މަތީ ތަޢުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
މަތީ ތަޢުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މަތީ ތަޢުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވީ މިލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ 500 ފުރުޞަތު ހުޅުވާލައްވާފައިވާކަމަށާއި ލޯނު ސްކީމްގެ ދަށުން އެ ކުއްޖަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެކަމަށާއި ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންކަމަށެވެ.

މި ލޯނުގެ ފުރުޞަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުޅުވާލައްވާ ފުރަތަމަ ސްޓޫޑެންޓް ލޯނެވެ.

ލޯނަށް އެދުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އަންނަމަހުގެ 22 ވަނަ ދުވަހުގެ ކުރިން ހުށައަޅާ އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު ރަނގަޅުކޮށް އަލުން ހުށައެޅުމުގެ ފުރުޞަތުދެއްވާނެކަމަށް އެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

 

މިއަދު އޮންލައިން