އޭޕްރިލް 21 ގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އޭޕްރިލް 21 ގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

އޭޕްރިލް 21 ގައި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މަޖިލީހުގެ އިންތިހާބު ފަސްކުރުމުގެ ބިލު ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރެއްވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ހާއްސަ ޖަލްސާގައި ނިންމެވީ އޭޕްރީލް 21 ވާ އާދީއްތަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. އަދި އެ ދުވަހު ވޯޓްލުން ކުރިއަށްދަނީ ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށްކަމށާއި އަދި ވޯޓު ގުނުމުގެ މަސައްކަތް އެދުވަހުގެ ހަވީރު 0400 ގެ ފަހުން ކުރިއަށްގެންދަވާނެ ކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.

93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާ މި އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނެސްފައިވާ ބިލު ރައީސް ތަސްދީގު ކުރައްވާފައިވަނީ ބަންޑާރަ ނާއިބު، އަހުމަދު އުޝާމް އެގޮތަށް ލަފާދެއްވުމާއި ގުޅިގެންނެވެ.

މިއަދު އޮންލައިން